
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް 700 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަށް ހުޅުވާލި ފުރުސަތު ބަންދުވީ މިދިޔަ ހޯމަ ދުވަހުއެވެ.
ވަޒީރު ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށާއި އެ އަދަދަކީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ހުށަހެޅި ފޯމްތަކާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއް ކަމަށެވެ.އިނގިރޭސިބަހުން ކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ، ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ކުރިއަރަމުންދާ ވިޔަފާރިތަކާއި އަލަށް ވިޔަފާރިކުރަން ނުކުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
https://x.com/em_saeed/status/2094806513772879941
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން މިދިޔަ އަހަރު ހުށަހެޅީ، 270 ހުށަހެޅުމެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)



.jpeg?w=3840&q=75)
.jpg?w=3840&q=75)







