
criminal-court-2
ބަނގުރާ ބުއި ކަމަށް އިއުތިރާފުވި މީހަކު 40 އެތިފަހަރުން ޖަލްދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ހުކުމްކޮށްފައިވަނީ މާތިއު މުހައްމަދު ޝަކީބުގެ މައްޗަށެވެ. އެ މައްސަލައިގާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާގައި ބުނެފައިވަނީ މި އަހަރުގެ ޖުލައި މަހު މަލޭގައި ސައިކަލެއްގައި ބަނގުރާ ކޭސްތަކެއް ހިފައިގެން ދަނިކޮށް ފުލުހުން ހައްޔަރު ކުރުމުން މަސްތުވުމަށްޓަކާ ބަނގުރާ ބޭނުންކުރާ ކަމަށް ބުނެ ބަނގުރާ ބޯކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.
މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފްވުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 13 ދުވަހަށް ޖަލުގައި ބަންދުކޮށް، 40 އެތި ފަހަރުން ޖަލްދު ކުރުމަށް އަމުރުކޮށްފަ އެވެ. އެހެން ނަމަވެސް ޖަލު އަދަބު ވަނީ 2،600ރ. އަށް ބަދަލުކޮށް އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އޭނާގެ މައްޗަށް އަމުރުކޮށްފަ އެވެ.
ގާނޫނުލްއުގޫބާތުގައި "ޖަލްދުކުރުން" ކަމަށް ބުނެފައި ވަނީ، ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއް ގެމަތިން، އަދަބެއް ރަމްޒު ކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގައި ތެޅުމަށެވެ.


-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)



