








-
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.
ޕީސީބީން މިއަދު ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ.ދޭލިޔާގެ ޢަބްދުﷲ ފާއިޒް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
މިފްކޯގެ ޗެއަރޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި ޢަބްދުﷲ ފާއިޒަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވައި، ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެގޮތުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑު ޗެއަރމަންކަން ފެބްރުއަރީ 2019 އިން ފެށިގެން 6 އަހަރުގެ މުއްދަތަކަށް އޭނާ ވަނީ އަދާކުރައްވާފައެވެ.




