








ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ނިރޮޅުމަގު، ކޭޕީއެސް ކައިރީ ގައި 2 ސައިކަލުޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ 08:54 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ވެސް ބުނެއެވެ. އެކަމަކު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ލިބުނު ހާނީއްކައިގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.




