.png?w=3840&q=75)







އާސެނަލް އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަން އާސެނަލް އިން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ކޮވެންޓްރީ އަތުން މޮޅުވެފައިވާއިރު، އެސްޓަން ވިލާގެ ފުރަތަމަ މެޗުގައި ބްރައިޓަން އަތުން 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރަށުން ބޭރުގައި އެޓީމު ވަނީ ބަލިވެފައެވެ.
ބާމިންހަމްގެ ވިލަ ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެސްޓަން ވިލާގެ އެޓޭކުތައް ފެނުނީ ތަންކޮޅެއް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އާސެނަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ވިލާގެ އެމެލިއާނޯ ބުޑެމިއާ ފިނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު. މެޗުގެ ހަމަައެކަނި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބަކަޔޯ ސަކާ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ރިކާޑޯ ކަލިފިއޮރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި އާސެނަލް އޮތްއިރު. މިމެޗުން ބަލިވި އެސްޓަން ވީލާ އިން ލީގުގައި ކުޅުނު ދެެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
.png?w=3840&q=75)







