.jpeg?w=3840&q=75)








ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ.
ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މުޅިން ނިންމާލުމަށް ލިއޯ ޓްރޭޑާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައެވެ.
ހުޅުމާލެ ފޭސް 3 ގެ ފޭރުމާ ހިނގުމާއި ބެރެބެދިގަސް މަގާ އިންވެގެން އޮންނަ 5,955.32 އަކަމީޓަރުގެ ބިމެއްގައި ތަރައްޤީކުރާ މި އެރީނާގެ ޖުމްލަ ބިލްޓް-އަޕް އޭރިއާއަކީ 9,775.00 އަކަމީޓަރެވެ.
21 މީޓަރުގެ އުސްމިނަށް ބިނާކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާއަކީ ބައިނަލްއަޤްވާމީ ފީފާ ގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މި ތަނުގައި ހިމެނޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި:
ބައިނަލްއަޤްވާމީ ފެންވަރުގެ 5 ކޯޓު: މި ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި 1 މެޗު ކޯޓު (ކުޅޭ ސަރަޙައްދު 20m x 40m؛ ރަންއޯފްއާއެކު 26m x 46m) އަދި ޖުމްލަ 4 ޕްރެކްޓިސް ކޯޓު (ގްރައުންޑް ފްލޯގައި 2 ކޯޓު އަދި މަތީ ފަންގިފިލާގައި 2 ކޯޓު؛ ކޮންމެ ކޯޓެއްގައި ކުޅޭ ސަރަޙައްދު 20m x 40m އަދި ރަންއޯފްއާއެކު 24m x 44m) ހިމެނެއެވެ.
ފީފާ މިންގަނޑުގެ ކުޝަންޑް ވައިނައިލް ފްލޯރިންގ: ހުރިހާ ކޯޓެއްގައިވެސް އަޅާނީ ޝޮކް އެބްޒޯބްކުރާ %35، ބައިނަލްއަޤްވާމީ ފެންވަރުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިންގ އެވެ. މިއީ އަލި ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިންގެކެވެ.
ބަލާ މީހުންނާއި ވީ.އައި.ޕީ ވަސީލަތްތައް: މައި މެޗު ކޯޓުގައި 900 މީހުންނަށް ބެލޭނެ ސްޕެކްޓޭޓަރ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކޮންސެޝަން ސްޓޭންޑްތައް ހިމެނެއެވެ. އަދި ދެވަނަ ފަންގިފިލާގައި ޚާއްޞަ ވީ.އައި.ޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސް ހުންނާނެއެވެ.
ކުޅުންތެރިންނާއި އޮފިޝަލުންގެ ވަސީލަތްތައް: ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ޚާއްޞަ ދޮރުތަކާއެކު، ޓީމު ލޮކަރ ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔަރސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިންގ ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓިޕަރޕަސް ޓްރެއިނިންގ ހޯލަކާއި އިދާރީ އޮފީސްތައްވެސް މި އެރީނާގައި ޤާއިމުކުރެވޭނެއެވެ.
ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24ގައެވެ.
.jpeg?w=3840&q=75)



