.jpeg?w=3840&q=75)








އދގެ މުހިންމު ބައްދަލުވުންތަކާއި ބައިނަލްއަގުވާމީ އެކި ޖަމްޢިއްޔާ ޖަމާއަތްތަކުގެ ބައްދަލުވުންތަކާއި، ވޯކްޝޮޕްތަކުގައި ރާއްޖެއިން ބައިވެރިވެ، ދިވެހިންގެ އަޑުއުފުލުމުގެ ސަބަބުން ރާއްޖޭގެ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު ބޮޑުވެގެންދާކަމަށް ޚާރިޖީ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑުއުފުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުން ހަރަކާތްތެރިވެ، އަމިއްލަ އަޑުއުފުލުމަކީ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހަމަޖެހުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.
މީގެއިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، އިގުތިސާދީ ގޮތުން ބޭނުންވާ ކަންކަން ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އިތުބާރު ހޯދުމަށް ސަރުކާރުން އަންނަނީ، މުހިންމު ހާރިޖީ ސިޔާސަތުތަކެއް ތަންފީޒު ކުރައްވަމުން ކަމުގައި ވެސް ވިދާޅުވިއެވެ.
ވަޒީރު ވަނީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ދުނިޔޭގެ މަންސަތަކުގައި ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް މެދުނުކެނޑި މަސައްކަތްކުރަންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭރުގެ ފަރާތްތަކުން ލިބޭ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިމަހުގެ 9 އިން 20 އަށް ތުރުކީގައި ބާއްވާ ކޮޕް 31 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ބޮޑެތި ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި ސަމިޓުތަކުގައި ދިވެހިރާއްޖެއިން ހަރަކާތްތެރިވުމަކީ ގައުމުގެ މުސްތަގުބަލަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެ، ރާއްޖެއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
.jpeg?w=3840&q=75)






-1790261966339.jpeg?w=3840&q=75)
