





.jpeg?w=3840&q=75)

.jpg?w=1920&q=75)
އެޕަލްގެ ލޯގޯ. އެ ކުންފުނީގެ އައު އައިފޯންތައް ދައްކާލަން ބާއްވާ 'ސަރޕްރައިޒް އެންޑް ޝައިން' އިވެންޓް ސެޕްޓެމްބަރު 9 ގައި ބާއްވަން ވަނީ އިއުލާންކޮށްފައި.
އެޕަލް ކުންފުނިން އެ ކުންފުނީގެ އެންމެ ފަހުގެ އައިފޯންތައް ދައްކާލުމަށް ބާއްވާ ޚާއްޞަ އިވެންޓް އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މިފަހަރުގެ އިވެންޓަށް އެޕަލް އިން ދީފައިވާ ނަމަކީ ނުވަތަ ޝިއާރަކީ 'ސަރޕްރައިޒް އެންޑް ޝައިން' އެވެ.
އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހަކީ އެޕަލްގެ އައު އައިފޯން މޮޑެލްތައް ބާޒާރަށް ނެރެން ތަޢާރަފުކުރާ މަހަށް ވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޕަލްގެ ކަސްޓަމަރުންނާއި ޓެކް ދިރާސާކުރާ ފަރާތްތަކުން އަންނަނީ މި އިވެންޓަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.
މި އިވެންޓުގައި އެޕަލްގެ އައު އައިފޯން ސީރީޒްގެ އިތުރުން އެޕަލް ވޮޗް އަދި އެއަރޕޮޑްސް ފަދަ އައު އުފެއްދުންތައްވެސް ދައްކާލާނެކަމަށް ލަފާކުރެވެއެވެ.
މިފަހަރުގެ އިވެންޓްގެ ނަމާ ގުޅުވައިގެން ގިނަ ބަޔަކު ލަފާކުރާ ގޮތުގައި، އެޕަލް އިން މިފަހަރު ބޮޑެތި 'ސަރޕްރައިޒް' ތަކެއް ނުވަތަ އައު ޓެކްނޮލޮޖީގެ ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ. ޚާއްޞަކޮށް އެޕަލްގެ އައު އިންޓެލިޖެންސް ފީޗަރތަކާއި ފޯނުގެ ޑިޒައިނަށް އަންނާނެ ބަދަލުތައް ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.




