
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)



.jpeg?w=3840&q=75)

pb4g84uo_cyborg-cockroach-650_625x300_05_September_22
ސައިންސްވެރިންގެ ބައިނަލްއަގުވާމީ ޓީމަކުން ރިމޯޓުން ކޮންޓްރޯލް ކުރެވޭ ސައިބޯގް ކުރަފިތަކެއް އުފައްދައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ކުރަފިތައް އުފައްދާފައިވަނީ ކާރިސާތަކުގެ ސަބަބުން ކުރަމަތިވާ ގެއްލުންތަކުގައި ހަނި ތަންތަނުގައި ތާށިވާ މީހުން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ކުރަފިތަކެކެވެ. ސައިބޯގް ކުރަފިތައް އުފައްދާފައިވަނީ އަސްލު ކުރަފީގެ ހަށިގަނޑުގައި އިލެކްޓްރޯނިކް އާލާތްތަކެއް އަޅުވައިގެންނެވެ.
އެ އާލާތްތައް ބޭނުންކޮށްގެން ކުރަފީގެ ފައިތައް ހަރަކާތް ކުރެވެއެވެ. ކުރައްޕަކީ ކުޑަކުޑަ ސޫއްޕެއް ކަމަށްވުމުން، ބިން ހެލުން ފަދަ ކާރިސާތަކުގައި އިމާރާތްތައް ވެއްޓި، އިމާރާތްތަކުގެ އެތެރޭގައި ތާށިވާ މީހުން ހޯދައި، ސަލާމަތްކުރަން ފަސޭހަވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ސައިބޯގް ކުރަފިތަކުގައި ބޭނުންކުރާ ސިސްޓަމަކީ ސޫފީގެ ނާރުތަކުގެ ނިޒާމަށް ވަޔަރުކޮށް، ކުރީގެ ޑިވައިސްތަކަށް ވުރެ ގާތްގަނޑަކަށް 50 ގުނަ ބާރު ޕަވަރ އައުޓްޕުޓް ހުންނަ ސިސްޓަމެއް ކަމަށް ވެއެވެ.

%20(1).jpg?w=3840&q=75)

.jpg?w=3840&q=75)
