





.jpeg?w=3840&q=75)

.jpeg?w=1200&q=75)
ކޮރެއާގެ މަޝްހޫރު އެކްޓަރ އީ ބިޔަންގ ހަން
ދުނިޔޭގެ ބޮޑު މަޝްހޫރުކަމެއް ހޯދި ކޮރެއާގެ ސީރީޒް 'ސްކުއިޑް ގޭމް' ގެ ޑައިރެކްޓަރ ހްވަންގ ޑޮންގ-ހިޔުކްގެ އައު ފިލްމު 'ކޭ.އޯ ކްލަބް' ގެ ލީޑް ރޯލަށް މަޝްހޫރު އެކްޓަރ އީ ބިޔަންގ ހަން ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ފަސްޓްމޭން ސްޓޫޑިއޯ އިން ބުރާސްފަތި ދުވަހުއެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ، ޒުވާންކަން ގަނެވޭފަދަ މުސްތަޤުބަލެއްގެ މައްޗަށެވެ. އަދި ފިލްމުން ދައްކުވައިދޭނީ ފައިސާވެރި އަދި ބާރުގަދަ މެދު އުމުރުގެ މީހުންނާއި، އެފަދަ އެއްވެސް ބާރެއް ނެތް ޒުވާން ޖީލާ ދެމެދު އުފެދޭ ޚިޔާލުތަފާތުވުންތަކާއި ކުރިމަތިލުންތަކެވެ.
ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި ފިލްމުގެ ނަން 'ކޭ.އޯ ކްލަބް' ނަގާފައިވަނީ "ކިލިންގ އޯލްޑްމެން ކްލަބް" އިންނެވެ.
މިއީ 2017 ވަނަ އަހަރު ނުކުތް 'ދަ ފޯޓްރެސް: ނަމްހަންސަންސެއޮންގ' އަށްފަހު ފާއިތުވި 10 އަހަރުގެ ތެރޭގައި ހްވަންގ ޑޮންގ-ހިޔުކް ފިލްމެއް ޑައިރެކްޓްކުރާ ފުރަތަމަ ފަހަރެވެ.
އެ ފިލްމުގައިވެސް އީ ބިޔަންގ ހަން ވަނީ ލީޑް ރޯލެއް ކުޅެފައެވެ. މި އައު ފިލްމުގެ ކާސްޓުގައި އޭނާގެ އިތުރުން އޯ ޖުންގ-ސޭ، ޗޯ ޔޯ-ޖިއޮންގ، ޕާކް ހޭ-ސޫ އަދި ކިމް ސޯ-ޖިން ފަދަ ކުޅަދާނަ ތަރިން ހިމެނެއެވެ.
މި ޕްރޮޖެކްޓްގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައެވެ.




