


.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)

.jpeg?w=1920&q=75)
'ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ' ސިނަމާތަކުގައި ދައްކަން ފެށުމާއެކު ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުން ކަމަށް ރިޕޯޓުތައް ބުނޭ.
'ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ' ސިނަމާތަކަށް ނެރުމާއެކު ބޮކްސް އޮފީހުގައި އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.
އެގޮތުން ފިލްމު ރިލީޒްކުރިތާ 5 ހަފްތާ ވެފައިވީނަމަވެސް، އެހެން ހުރިހާ ފިލްމަކަށްވުރެ ގިނަ ސިނަމާތަކުގައި އަދިވެސް ދައްކަމުން އަންނަނީ މި ފިލްމެވެ.
ބޮކްސް އޮފީހުގައި މި ފިލްމު އަންނަނީ އާދަޔާޚިލާފު ކާމިޔާބީއެއް ހޯދަމުންނެވެ.
އާންމުގޮތެއްގައި ފިލްމެއް ރިލީޒްކުރާތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުން ސިނަމާތަކުން އެ ފިލްމެއްގެ ޝޯތައް މަދުކޮށް، އައު ފިލްމުތަކަށް ޖާގަ ދިން ނަމަވެސް، ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއެކު ސްޕައިޑަރ-މޭންގެ މި ފިލްމުގެ ޑިމާންޑް އަދިވެސް ކުޑަވެފައެއް ނުވެއެވެ.
5 ވަނަ ހަފްތާ ބަންދާ ކުރިމަތިލީއިރުވެސް، އެންމެ ގިނަ ސްކްރީންތަކުގައި ދައްކާ ފިލްމުގެ ރެކޯޑު އޮތީ މި ފިލްމުގެ އަތުގައެވެ.
އެތައް އައު ފިލްމުތަކެއް ސިނަމާތަކަށް ނުކުމެފައިވީނަމަވެސް، 'ބްރޭންޑް ނިއު ޑޭ' ވަނީ ބޮކްސް އޮފީހުގެ ރޭހުގައި އެހެން ފިލްމުތައް ފަހަތަށް ޖައްސާލާފައެވެ.
މިއީ ސްޕައިޑަރ-މޭން ފްރެންޗައިޒްގެ ފިލްމުތަކަށް ބެލުންތެރިންގެ ހިތްތަކުގައި އޮތް މަގުބޫލުކަން ސާބިތުކޮށްދޭ އަދި ފިލްމުގެ ވާހަކައާއި އުފެއްދުންތެރިކަމަށް އާންމުން ދިން ބޮޑު ތަރުހީބެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.



.jpeg?w=3840&q=75)
.jpeg?w=3840&q=75)