
.jpeg?w=3840&q=75)




.jpeg?w=3840&q=75)


-
މާފުށީ ޖަލުގައި ތިބި އަންހެން ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޚާއްޞަ ބަލިތަކާބެހޭ ޑޮކްޓަރުންނަށް ދައްކަން ރިފަރކޮށްފައިވާ ފަރާތްތައް ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ 2026 އޮގަސްޓު 27 އަދި 2026 އޮގަސްޓް 29 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 21 އަންހެން ޤައިދީން ވަނީ އެކި ދާއިރާތަކުގެ ޚާއްޞަ ޑޮކްޓަރުންނަށް ދައްކާފައެވެ. މީގެ ތެރޭގައި އެކި ބަލިތަކަށް ފަރުވާ ހޯދުމަށް މަލްޓިޕަލް އެޕޮއިންޓްމަންޓްތަކަށް ދެއްކި ފަރާތްތައްވެސް ހިމެނެއެވެ.
މިއީ ޖަލުގައި ތިބޭ ފަރާތްތަކުގެ ޞިއްޙީ ހާލަތު ރަނގަޅުކޮށް، ބޭނުންވާ ސްޕެޝަލިސްޓް ފަރުވާ އަވަހަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.

.jpeg?w=3840&q=75)


