
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕީއާރްސީ ވެޓެރަންސް ކަޕް 2026 ފަށައިފިއެވެ.
ޕީއާރްސީ ވެޓެރަންސް ކަޕް 2026 އަކީ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރިޒަން ކްލަބުން އިންތިޒާމުކޮށްގެން، އުމުރުން 35 އަހަރުން މަތީގެ އޮފިސަރުންނަށް ކުރިއަށްގެންދާ މުބާރާތެކެވެ.
ހުޅުމާލޭ ޖަލުގައިވާ ޓަރފް ދަނޑުގައި ކުރިއަށްދާ ޕީއާރްސީ ވެޓެރަންސް ކަޕް 2026 ފުރަތަމަ މެޗް ޝަރަފްވެރިކޮށްދެއްވީ ކުރީގެ ޤައުމީ ޓީމްގެ ކޯޗާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ނިޒާމްއެވެ.
ޕީއާރްސީ ވެޓެރަންސް ކަޕް 2026 ގެ ފުރަތަމަ މެޗްގައި ޓީމް ލެގަސީ އާއި ޓީމް އެޗްކިއު ބައްދަލުކޮށް، ވާދަވެރި ކުޅުމަކަށްފަހު 3-5 ން މެޗް ކާމިޔާބުކޮށްފައިވަނީ ޓީމް އެޗްކިއުއެވެ. އަދި މި މެޗްގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ މައުރޫފް ޢަބްދުލް އަޒީޒުއެވެ.
މި ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ޓީމް ލެގަސީ، ޓީމް އެޗްކިއު، ޓީމް އައްސޭރި ޕްރިޒަން، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލެ ޕްރިޒަން، ޓީމް އީއެސްޖީއެވެ. މި މުބާރާތްކުރިއަށްދާނީ ކޮންމެ ޓީމެއްވެސް އަނެއް ޓީމާއެކު ކުޅެ، އެންމެ ގަދަ ހަތަރު ޓީމް ސެމީ ފައިނަލަށް ގޮސް، ސެމީއިން މޮޅުވާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. މިގޮތުން މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 04 ގައެވެ.

.jpg?w=3840&q=75)



.jpg?w=3840&q=75)




