
Jail
މާލޭ ޖަލު ބަންދުކޮށް އެތަނުގައި ތިބި ގައިދީން އެހެން ތަަނަކަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
ކަރެކްޝަންސް އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، 17 ޖަނަވަރީ 2008 އިން ފެށިގެން މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބިމުގައި ގާއިމުކޮށްފައި ހުންނަ މާލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ބަންދުކުރުމަށް ނިންމައި، މިއަދުން ފެށިގެން އެ ޖަލު ބަންދުކޮށްފައިވާ ކަމަށެވެ.
އަދި ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން މާލޭ ޖަލު ބަންދުކުރަން ނިންމީ، މި ޖަލާ ޖެހިގެން ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނާތީ، ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހުގައެވެ.
އަދި މި ޖަލު ބަންދުކުރުމުން އާންމުންނަށް ފޯރުކޮށްދެމުން އައި ޚިދުމަތްތައް 12 ޖަނަވަރީ 2024 އާ ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)

