


.jpeg?w=3840&q=75)

.jpeg?w=3840&q=75)


.jpeg?w=2048&q=75)
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒު އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއެކު ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި އެވެ.
އިއްޔެ ކުރި މި ޒިޔާރާތުގައި މިސްޓްރީ އޮފް ކަލްއިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯަޕަރޭޝަން (ވެމްކޯ) ގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މައުލޫމާތު ހޯއްދެވުމުގެ މަގްސަދުގައި ކުރެއްވި ޒިޔާރަތެކެވެ.
މީގެއިތުރުން، މި ޒިޔާރަތުގައި ތިލަފުށީގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރާ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ޓީމުގެ ބޭފުޅުން ވަނީ ބައްލަވާލައްވައި، މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދެވޭ ހިދުމަތްތަކާއި ގާއިމުކުރެވިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރުކަން އިތުރުކުރުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުންދާނެ އެވެ. އަދި މިފަދަ މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަކީ ސާފުތާހިރު، ދެމެހެއްޓެނިވި ވެއްޓެއް އޮތް ގައުމަކަށް ހެދުމަށް އެއްބާރުލުން ދިނުމެވެ.



.jpeg?w=3840&q=75)

.jpeg?w=3840&q=75)


