





.jpeg?w=3840&q=75)


-
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ އަތޮޅުގެ ވެރިކަން ކުރާ އޭދަފުށީގައި އެބޭންކުގެ ބްރާންޗެއްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފި އެވެ.
އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗު ރަސްމީކޮށް އިފުތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރެވެ.
އެމްއައިބީއިން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. މި ބްރާންޗާއިއެކު އޭޓީއެމްއެއްގެ ހިދުމަތްވެސް އެބޭންކުން ވަނީ އެރަށުގައި ފަށާފައި އެވެ.
އޭދަފުށީގައި އަލަށް ޤާއިމުކުރި މި ބްރާންޗާއި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ. އަދި
އެމްއައިބީން ބުނި ގޮތުގައި މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ.




