


.jpeg?w=3840&q=75)
.jpg?w=3840&q=75)




-
ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ ރައީސް (ސްޕީކަރ) ސަރުދާރު އަޔާޒް ޞާދިޤު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ފުޅާކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ މެދުކެނޑުމެއްނެތި ދެ ޤައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަން ފާހަގަކުރައްވައި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ މެންބަރުން ކަމަށްވާ ޑރ. ޝާޒިއާ ސޯބިއާ އަސްލަމް ސޫމްރޯ، ޝާއިސްތާ ޚާން އަދި ސަންޖޭ ޕަރވާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)
