.jpg?w=3840&q=75)





.jpg?w=3840&q=75)

.jpg?w=3840&q=75)
ވާރޭވެހިފައިވާ ދުވަހެއް- ފޮޓޯ: ގާފު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ބ.އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް މިއަދު މެނދުރު 14:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް މޫސުން ގޯސްވާނެކަމަށެވެ.
އެގޮތުން އެވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓުން ލަފާކުރި އެވެ.
މިހާރު ރާއްޖޭއަށް ކުރަމުންދާ ވިއްސާރާގައި މެޓުން އެކި ހިސާބުތަކަށް އެލާޓްތައް ނެރުމުންދާއިރު، މޫސުމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.
.jpg?w=3840&q=75)



