


.jpeg?w=3840&q=75)
.jpg?w=3840&q=75)




-
ދިވެހިރާއްޖެއާއެކު އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމަށް ޕާކިސްތާނުން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށާއި، ޕާލިމެންޓަރީ ޑިޕްލޮމަސީ ނުވަތަ ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ ރައީސް (ސްޕީކަރ) ސަރުދާރު އަޔާޒް ޞާދިޤު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސްޕީކަރު ވިދާޅުވީ، ދެ ޤައުމުގެ މެދުގައި ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތައް ކަމަށްވާ ވިޔަފާރި، ތަޢުލީމު، ޞިއްޙަތު އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ފުޅާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މީގެއިތުރުން، ދެ ޤައުމުގެ މަތީ ފަންތީގެ ވެރިންގެ މެދުގައި ކުރެވޭ ޒިޔާރަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސްޕީކަރު ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ހަމައެއާއެކު، ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާތައް އިތުރުކޮށް ގުޅުން ބަދަހިކުރުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން ފުންވެ، ދޭދޭ ރަސްމީ ގުޅުންތައް ހަރުދަނާކުރުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމުގައިވެސް ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)
