





.jpeg?w=3840&q=75)


-
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ ތުޅާދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށް، އޭޓީއެމް ހުޅުވައިފިއެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފުތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރެވެ.
އެމްއައިބީއިން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
ތުޅާދޫގައި އަލަށް ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.
އެމްއައިބީން ބުނި ގޮތުގައި މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ.
މިއީ އެ ރަށުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލިބޭނެ އިތުރު ކުރިއެރުމެއްކަން ބޭންކުން ފާހަގަކުރެއެވެ.








