





.jpeg?w=3840&q=75)


ބާސެލޯނާ އާއި ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގައި ރޭ އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަަމަ މެޗުގައި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެލްޗޭ އަތުން މޮޅުވެފައިވާއިރު. ބިލްބާއޯ އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާ އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ބާސެލޯނާގެ ކޭމްނޯގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބާސެލޯނާއިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރަފީނިއާ އެވެ. މިއީ ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެމެޗުގައި ރަފީނިއާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ބާސެލޯނާ އިން ލީޑުފުޅާކުރި ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފާމިންއެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ބާސެލޯނާ އިން ވަނީ ބިލްބާއޯގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަމެއް ފޮނުވާލާފައެވެ. ނަމަވެސް މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބިލްބާއޯގެ ކީޕަރު އުނައި ސިމޯން ވަނީ ބާސެލޯނާގެ ގިނަ ހަމަލާތަލެއް ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބާސެލޯނާ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ދެމެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ބަލިވި ބިލްބާއޯ އިން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުފައެވެ.




