





%20(2).jpeg?w=3840&q=75)


ޑައިރެކްޓަރ އަދި ހޯސްޓް ރޯހިތު ޝެޓީ
ކަލަރސް ޓީވީން ގެނެސްދޭ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ 'ޚަތުރޯން ކޭ ޚިލާޑީ 15' ގެ ސްޓަންޓްތަކުގެ ރައްކާތެރިކަމާމެދު އުފެދިފައިވާ ބަހުސާ ގުޅޭގޮތުން ޝޯގެ ހޯސްޓް ރޯހިތު ޝެޓީ ވާހަކަދައްކައިފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައިރޯހިތު ވަނީ ޝޯގައި ކުރިމަތިކުރުވާ ބިރުވެރި އަދި ނުރައްކާތެރި ސްޓަންޓްތަކުގެ ހަގީގީ މަގުސަދު ސާފުކޮށްދީފައެވެ.
ރޯހިތު ބުނެފައިވާ ގޮތުގައި، ޝޯގައި ހިމެނޭ ސްޓަންޓްތައް ފަރުމާކޮށްފައި ހުންނާނީ ބައިވެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ބޮޑެތި ގޮންޖެހުމަކަށް ވާނެ ގޮތަށެވެ. "މި ސްޓަންޓްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ނުވަތަ އެމީހުންގެ ލިމިޓް ޓެސްޓްކުރުން،" ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ޝޯއަކީ ބިރުވެރި މަންޒަރުތަކެއް ފެނިގެންދާ ޝޯއަކަށް ވިޔަސް، ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޝޯގެ އުފެއްދުންތެރިން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަން މީގެ ކުރިންވެސް ރޯހިތު ވަނީ ބުނެފައެވެ.
ނަމަވެސް، ޝޯގެ ފޯރި އާއި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓަންޓްތަކަކީ ބައިވެރިންގެ ހިތްވަރު އެންމެ ފުރިހަމައަށް އިމްތިޙާނު ކުރެވޭ ފަދަ ކަންތައްތަކަކަށް ވުން މުހިންމުކަން އޭނާ ގަބޫލުކުރެއެވެ.








%20(2).jpeg?w=3840&q=75)