%20(2).jpeg?w=3840&q=75)








-
ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް ގެންދިއުމުގެ ކުރިން ހަނިމާދޫ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 3500 ކިލޯވޮޓެވެ.
ނަމަވެސް، އަލަށް ގެންދިޔަ 1200 ކިލޯވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 4400 ކިލޯވޮޓަށް މަތިވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅު ކުރުމަށްޓަކައި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މުހިންމު އަދި އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
%20(2).jpeg?w=3840&q=75)







