
ށ. މިލަންދޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 1200 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް ގެނައުމުގެ ކުރިން މިލަންދޫ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރީ 2100 ކިލޯވޮޓްގައެވެ.
އެހެންނަމަވެސް، މި އައު ޖެންސެޓާއެކު މިހާރު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިކުރެވިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
















