


%20(2).jpeg?w=3840&q=75)




%20(2).jpeg?w=1920&q=75)
ޑައިރެކްޓަރ ސާޖިދު ޚާން އަދި އެކްޓަރ އަކްޝޭ ކުމާރު. ކާމިޔާބު އެތައް ފިލްމަކަށްފަހު މި ދެމީހުން އަލުން އައު ފިލްމެއްގެ މަސައްކަތް ފަށަން އުޅޭކަމަށް ރިޕޯޓުތައް ބުނޭ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރު އަދި ޑައިރެކްޓަރ ސާޖިދު ޚާން އަހަރުތަކަކަށްފަހު އައު ފިލްމަކުން އަލުން އެކުގައި މަސައްކަތްކުރަން އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައިވާ މި ދެތަރިން އަންނަނީ އައު ޕްރޮޖެކްޓަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.
ސާޖިދު ޚާން އާއި އަކްޝޭ ކުމާރު މީގެ ކުރިން ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެތައް ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެވެ.
އޭގެ ތެރޭގައި 2007 ވަނަ އަހަރު ނުކުތް 'ހޭ ބޭބީ' އަދި ކާމިޔާބު ފްރެންޗައިޒް 'ހައުސްފުލް' ގެ ފުރަތަމަ ދެ ފިލްމު ހިމެނެއެވެ. މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ، އަކްޝޭގެ ކޮމެޑީ އެކްޓިންގ ވަރަށް ފުރިހަމައަށް ފެނިގެންދިޔަ ފިލްމުތަކެކެވެ.
ފަހަކަށް އައިސް އަކްޝޭ ކުމާރުގެ ބައެއް ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވާއިރު، ސާޖިދު ޚާން ފަދަ ކޮމެޑީއަށް މޮޅު ޑައިރެކްޓަރަކާއެކު އޭނާ އަލުން މަސައްކަތް ފެށުމަކީ ފިލްމީ ކެރިއަރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެއެވެ.
މި އައު ފިލްމާ ގުޅޭ މާގިނަ ތަފްސީލުތަކެއް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ބެލުންތެރިން ހެއްވާލާނެ ވަރުގަދަ ކޮމެޑީ އެންޓަރޓެއިނަރ އަކަށް ވާނެކަމަށް ބެލެވެއެވެ. އަދި މި ޚަބަރާއެކު އަކްޝޭގެ ސަޕޯޓަރުން އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.



%20(2).jpeg?w=3840&q=75)



%20(2).jpeg?w=3840&q=75)
