
-
ރ. އިނގުރައިދޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން 800 ކިލޯވޮޓްގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 1200 ކިލޯވޮޓެވެ.
ނަމަވެސް، މި ގެނެވުނު ބަދަލާއެކު އިނގުރައިދޫގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން މިހާރު ވަނީ 2200 ކިލޯވޮޓަށް މަތިކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
















