
F9RnF60bUAALW-i
އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފި އެވެ.
މިމަޝްރޫޢުއަށް ބޭނުންވާ ބިން ދޫކޮށްފައިވަނީ ހިތަދޫގައި މިހާރު ހިންގާ ސިޓީ ބާޒާރުގެ ފުރަގަހުން އޮތް ބިމުންނެވެ.
ސަރުކާރުން އައްޑޫ ސިޓީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ، ޕީޓީ، ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް އާ އެވެ. މިއީ 540 ދުވަހުން ނިންމުމަށް އެކުންފުންޏާ ހަވާލު ކުރެވުނު މަޝްރޫއެކެވެ.
މިއީ ދައުލަތުން 214.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެކެވެ.












