
ފުލުހުންގެ މައި ޢިމާރަތް
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމުގެ މައްސަލަތައް ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުން ދައްކާގޮތުގައި 2201 ވައްކަމުގެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ ރިޕޯޓްކުރެވުނު މުޅި ޖުމްލަ މައްސަލަތަކުގެ %27.4 އެވެ.ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމުލަ 8039 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މަގުމަތީގެ އެކްސިޑެންޓްގެ 1,930 މައްސަލައާއި މަސްތުވާތަކެތީގެ 1,717 މައްސަލައާއި ގެއްލިގެން ހުށަހެޅި ތަކެތި: 652 މައްސަލައާއި އަނިޔާކުރުން / މާރާމާރީ: 422 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން ތަންތަނަށާއި މުދަލަށް ގެއްލުންދިނުން: 407 މައްސަލައާއި ގެވެށި އަނިޔާ: 209 މައްސަލައާއި ޚިޔާނާތްތެރިވުން: 169 މައްސަލަ• ޖިންސީ މައްސަލަތައް: 167 މައްސަލަ ވެސް ހިމެނޭއިރު، ފޭރުން: 100 މައްސަލައާއި ފޯޖަރީ/ކައުންޓަރފީޓް: 35 މައްސަލަ ވެސް ހިމެނެއެވެ.
ފުލުހުންގެ ތަފާސްހިސާބުގައި މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކަކީ މިދިޔަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް 2193 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2207 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މޭ މަހުއެވެ. މޭމަހު ވައްކަމުގެ 339 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ކުށުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވާ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްތައް މަދުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތްތައް ދަނީ އިތުރަށް ވަރުގަދަކުރަމުންނެވެ.










.jpg?w=3840&q=75)

