%20(2).jpeg?w=3840&q=75)








މާލޭގެ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ، މާފަނުންގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު 2026 އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެމެއްގައި ރެސްޓޯރަންޓުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ގެއްލުންދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މާރާމާރީގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޯ ދުޅަވެ، އަނިޔާވެފައިވާއިރު، މި މައްސަލަައިގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމުގައި ފުލުހުން ހާމަކުރެއެވެ.
%20(2).jpeg?w=3840&q=75)



