
ސްޓެލްކޯގެ އެމްޑީ
ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތަށް ދިރާސާ ފަށާފައިވާ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން ހާމަކުރީ ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ފަހުމީ ވިދާޅުވީ ފެނުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށްޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫއުކަމަށެވެ. އަދި މިހާރު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި އެންވަޔަރަމަންޓަލް ދިރާސާތައް ކުރަމުން އަންނަކަމަށާއި މި ހުރިހާ މަރުހަލާއެއް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފަހްމީ ވިދާޅުވިއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ ކަނޑުގެ އަޑިން ފެން އުފެއްދިއްޖެނަމަ އެއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ގާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެންނެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





