
gsmarena_003
އެޕަލް އިންް ނެރޭ އެކުންފުނީގެ އަގުހެޔޮ ފޯނު ކަމުގައިވާ 'އައިފޯން އެސްއީގެ" މިއަހަރުގެ މޮޑެލް ލޯންޗުކޮށްފިއެވެ.
ރޭ ބޭއްވި ލޯންޗިންގ އިވެންޓުގައި އެޕަލް އިން ނެރުނީ އައިފޯން އެސްއީ 2022 އެވެ. އެ ފޯނުގެ ފެށޭ އަގަކީ 429 އެމެރިކާ ޑޮލަރެވެ.
އަލަށް ދައްކާލި އަގުހެޔޮ އައިފޯނުގެ ތިން ކުލައެއް ގަންނަން ލިބޭނެއެވެ. އެއީ މިޑްނައިޓް (ކަޅު) ސްޓާލައިޓް (ހުދު) އަދި ރަތެވެ. އެޕަލް އިން ބުނާ ގޮތުގައި އަލަށް ދައްކާލި ފޯނު މާޗް 18 އިން ފެށިގެން ގަންނަން ލިބޭނެއެވެ. މިފޯނަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ މާޗް 11 ގައެވެ. އެއީ އަންނަ ހުކުރު ދުވަހެވެ.
އޭ15 ބައޯނިކް ޗިޕެއް ހިމެނޭ މި ފޯނުގައި 12 މެގަޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެއެވެ.
މފޯނުގެ އިތުރުން އެޕަލް އިން ވަނީ އައިފޯނު 13 އާއި އައިފޯން 13 ޕްރޯގެ ފެހި ކުލައިގެ ފޯނެއް ބާޒާރަށް ނެރެން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





