
އެޗްޑީސީ އާއި އެމްޓީސީސީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
މިހާރު ކުރިއަށްދާ ވީއޭއެމްކަޕް ސެމީފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެޗްޑީސީ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެމްޓީސީސީ އިން ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން އެމްޓީސީސީ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އެޗްޑީސީ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި އަށް ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ.
ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޓީސީސީ އިން ވަނީ މެޗުގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. އަދި ޖެހިގެންއައި ދެވަނަ ސެޓް، ހަތް ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 18-25 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެމްޓީސީސީ އިން ވަނީ މެޗުގެ ލީޑު ހޯދާފައެވެ.
މެޗުގެ ތިންވަނަ ސެޓުގައި އެޗްޑީސީ އިން ކުޅުން ރަނގަޅުކުރި ނަމަވެސް މިސެޓް ވެސް 21-25 ނަތީޖާއަކުން ކާމިޔާބުކޮށް އެމްޓީސީސީ އިން ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.
މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ލަޔަންސް އާއި ޑީއެސްސީ މިރޭ ވާދަކުރާ އިރު، މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހޭއިރު، ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ.
















