
Fg8fJFvVEAUh0SZ
އެހެން ދީންތަކެއްގެ ޝިއާރުތައް ފާޅުކުރާނަމަ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކައުންސިލްތަކަށްް އެޑްރެސްކޮށް ފޮނުވާފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ބޭރުމީހުން ރާއްޖެއަށް ޒިޔާރަތްކުރަމުން ގެންދާ ކަމަށެވެ.
އެހެންކަމުން އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ސާރކިއުލާފަގައި ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ ގާނޫގައި ބަޔާން ކޮށްފައިވާ ގޮތަށް އެފަދަަ ފަރާތްތަކަށް ރަނގަޅަށް އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ދީނީ އެއްބައިވަނންްތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގަވާއިދުގައި ބުނެފައިވާގޮތުގައި، ދިވެހި ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތއްްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި ޢާއްމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއްް ކަމަށެވެ.
ދިވެހިރާއްޖޭގެ އެއްވެސް އާއްްމު ތަނެއްގައި، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް. އަދި ހަމައެއާއެކު، މީހުނން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްްޓްހައއުސް ހިންގުމާބެހޭ ގަވާއިދާ އެއްގޮތަށް އިޖުތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް އެފަރާތްތަކަށް އިރުޝާދު ދޭން ވާނެ - އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.
https://gaafu.mv/89609
އަދި ރާއްޖެއިން ބޭރުން މީހުން ގެންނަ ފަރާތްތަކުން އެމައުލޫމާތު އެފަރާތްތަކަށް ސާފުކޮށްދީ، އިރުޝާދު ދިނުމަށް ދަންނަވާ ކަމަށާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި މިފަދަ މައްސަލަތަކުގައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް މިނިސްޓްރީން ފޮނުއްވި ސާކިއުލާގައި ބުނެފައިވެއެވެ.
















