
ވިލިމާލޭގައި ޑިންގީ ޖެޓީއެއް ތަރައްޤީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރުން
ވިލިމާލޭގައި ޑިންގީ ޖެޓީއެއް ތަރައްޤީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.ވިލިމާލެ ޑިންގީ ޖެޓީ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުނ،ް 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 74 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި 24 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 74 މީޓަރު ދިގު މީޓަރު ފުޅާ ބްރިޖެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ، 14.91 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫއަކަށް ވާއިރު، މި މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.މީގެ އިތުރުން ވިލިނގިލީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުނ،ް 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 181 މީޓަރުގެ ބޭރު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. 45.66 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.ވިލިމާލެ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި، ހިމާޔަތްކޮށްފައިވާ ގޮނޑުދޮށެއް މި ރަށު ރައްޔިތުންނަށް ލިބޭނެއެވެ.












