
ވާދޫ ސްކޫލްގެ ބެލެނިވެރިން ހިންގި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ---
ވާދޫ ސްކޫލްގެ، ސްޕޯރޓްސް ފިއެސްޓަރ 2026އާ ދިމާކޮށް އެ ސްކޫލްގެ ބެލެނިވެރިން ނުކުމެ ރ.، ވާދޫ ފުޓްސަލް ދަނޑު ސާފުކޮށްފިއެވެ.
ރ. ވާދޫ ކައުންސިލުން ބުނީ، ވާދޫ ސްކޫލުގެ ކުޅިވަރު ހަފްތާއަށް ތައްޔާރުވުމަށްޓަކައި، ފުޓްސަލް ދަނޑު ސާފުކުރުމުގެ ހަރަކާތެއް ސްކޫލު ބެލެނިވެރިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން މިފަދަ މަސައްކަތެއް ސްކޫލު ބެލެނިވެރިން ކޮށްދެއްވާފައިވާތީ ވާދޫ ކައުންސިލުން ނުހަނު އުފަލާއެކު އެފަރާތްތަކަށް ސުކުރު ދަންނަވާ ކަމަށެވެ.
އެ ކައުންސިލުން ބުނީ، ވާދޫ ކައުންސިލުގެ އުންމީދަކީ މިކުޅިވަރު ހަފްތާއަކީ ކާމިޔާބު ކުޅިވަރު ހަފްތާ އެއްކަމުގައިވުން ކަމަށެވެ. އަދި ވާދަވެރި މާހައުލެއްގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ހުރިހާ ދަރިވަރުންނަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.
ވާދޫ ސްކޫލުން ވަނީ އެ ސްކޫލުގެ ސްޕޯރޓްސް ފިއެސްޓަރ 2026ގެ ކުޅިވަރުތައް 2026 އޮގަސްޓު 10-15 އަށް ކުރިއަށް ގެންދިއުމަށް ސްކޫލު ކަލަންޑަރުގައި ހިމަނާފައެވެ.


.jpg?w=3840&q=75)



.jpg?w=3840&q=75)



.jpg?w=3840&q=75)

.jpg?w=3840&q=75)
