.jpeg?w=3840&q=75)


%20(1).jpeg?w=3840&q=75)





--
ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް "ޔުނިކްލޯ" އިން ފުރަތަމަ ފަހަރަށް ނެރޭ ހިޖާބު ކަލެކްޝަން އޮގަސްޓު 17 ވަނަ ދުވަހު ލޯންޗުކުރަން ނިންމައިފިއެވެ.
މިއީ ޚާއްޞަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މޮޑެސްޓް ފެޝަނަށް ލޯބިކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އައި ކަލެކްޝަނެކެވެ.
ޔުނިކްލޯ އަކީ އާންމުކޮށްވެސް ވަރަށް ލައިގެން އުޅެން ފަސޭހަ ފޮތިތަކުން ހެދުން އުފައްދާ ބްރޭންޑަކަށް ވުމާއެކު، މި ހިޖާބު ކަލެކްޝަން ވެގެންދާނީ ހޫނު ގައުމުތަކުގައި އުޅޭ ފަރާތްތަކަށް ވަރަށް ކަމުދާނެ އުފެއްދުމަކަށެވެ.
މިއާއެކު، ބުރުގާ އަޅާ މީހުންނަށް ޔުނިކްލޯގެ ހެދުންތަކާއި އެކު ގުޅޭ ބުރުގާވެސް އެ ބްރޭންޑުން އިޚްތިޔާރުކުމަށް ފަސޭހަ ގޮތްތަކެއް ލިބިގެންދާނެއެވެ.
ދުނިޔޭގެ ފެންވަރުގައި މޮޑެސްޓް ފެޝަނަށް އޮންނަ ޑިމާންޑް ބޮޑުވަމުން އަންނައިރު، ޔުނިކްލޯ ފަދަ ބޮޑު ބްރޭންޑަކުން ހިޖާބު މާކެޓަށް ވަނުމަކީ ގިނަ ބަޔަކު އުފަލާއެކު ބަލައިގަންނާނެ ކަމެކެވެ.
އޮގަސްޓު 17 ގައި މި ކަލެކްޝަން ރަސްމީކޮށް ނެރުމާއެކު، ފިހާރަތަކުންނާއި އޮންލައިންކޮށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ފެޝަން ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ
.jpeg?w=3840&q=75)


%20(1).jpeg?w=3840&q=75)
