.jpeg?w=3840&q=75)


%20(1).jpeg?w=3840&q=75)




%20(1).jpeg?w=1920&q=75)
-
އަބަދުވެސް ހޫނުގަދަ އަހަރެމެންގެ މި ޖަޒީރާ މާހައުލުގައި، އާދައިގެ ހޫނު މޫސުމުގެ ހެދުންތަކާއެކު ޕެއަރ ކޮށްލަން ކްރޮޝޭ ދަބަހަކަށްވުރެ ވަކިން ސަޅި އެއްޗެއް ނެތެވެ. ހަވިީރު ފިންޏަށް ދުއްވާލަން ނިކުންނައިރުވިޔަސް، ނުވަތަ ހަފްތާ ބަންދުގައި ރިސޯޓަކަށް ނުވަތަ ރަށަކަށް ދިޔަޔަސް، މިއީ ރާއްޖޭގެ މޫސުމާ ގުޅޭ މުޅި އައުޓްފިޓަށް ފުރިހަމަ ކަމެއް ގެނެސްދޭނެ އެއްޗެކެވެ.
މި ދުވަސްވަރު ހުރިހާ އެއްޗެއް ލެވޭ ފަދަ ބޮޑެތި ބީޗް ޓޯޓްސް އިން ފެށިގެން، ހަމައެކަނި ސްޓައިލަކަށް ބޭނުންކުރާ ކުދި މީނީ ދަބަސްތަކަށް ކްރޮޝޭގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފައެވެ.
މި ހޫނު މޫސުމުގައި އެންމެ މަގުބޫލު ކްރޮޝޭ ސްޓައިލްތައް ތިރީގައި އެވަނީއެވެ:
ބީޗް ޖުވެލްސް
ހޫނު މޫސުމުގެ ހިތްގައިމުކަން އިތުރުކޮށްލުމަށް ބޮޑެތި މުތީތަކާއި، ކްރިސްޓަލްސް އަދި ބޮލި ފަދަ ސާމާނު ހަރުކޮށްފައިވާ ދަބަސްތައް ބޭނުންކުރެވިދާނެއެވެ. މިއީ ރީތި ހޫނު މޫސުމުގެ ހެދުމަކާއެކު ނުވަތަ އާދައިގެ ޖީންސަކާއި ޓޮޕަކާއެކު ލާންވެސް، މުޅި މީހާގެ ލުކަށް ތަފާތު ދިރުމެއް ގެނެސްދޭނެ ފަރުމާތަކެކެވެ.
ލޭސް ޑިޒައިންތައް
މި މޫސުމުގައި މާ ބޮޑަށް ދެއްކުންތެރި ނޫން، އާދައިގެ ގޮތެއް ބޭނުންނަމަ، ހިމަ ރޮދިން ވިޔެފައިވާ ލޭސް ފަދަ ކްރޮޝޭ ދަބަސްތައް ޚިޔާރުކުރާށެވެ. މިއީ މޫސުމުގެ ރީތި ސާދާކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ސްޓައިލެކެވެ.
ލެދާ އެކުލެވޭ ފަރުމާތައް
ކްރޮޝޭއަކީ ހަމައެކަނި ހޫނު މޫސުމުގެ އެއްޗެއްގެ ގޮތުގައި ހީވިޔަސް، އޭގެ ތެރެއަށް ލެދާ އެއްކޮށްލުމުން މުޅި އަހަރުގެ އެކި ދުވަސްވަރުވެސް ވެސް ބޭނުންކުރެވޭ ފަދަ ޒަމާނީ ލުކެއް ލިބެއެވެ. މިއީ ސަގާފީ ވިޔުމުގެ ހުނަރާއި ލެދާ އެއްކޮށްލައިގެން ތައްޔާރުކުރާ، ވަރުގަދަ އަދި ރީތި ބައްޓަމެއް ހުންނަ ދަބަސްތަކެކެވެ.
މިނީ މޯމެންޓްސް
ބައެއް ފަހަރު އެންމެ ކުދި އެކްސަސަރީޒްތަކުން ވެސް މީހާގެ ލުކަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ގިނަ ތަކެތި ނުލެވުނަސް، ކްރޮޝޭގެ ހިތްގައިމު ވިޔުމާއެކު އަންނަ މިފަދަ "މައިކްރޯ" ނުވަތަ ކުދި ދަބަސްތަކަކީ ޚާއްސަ ފުރިހަމަކަމެއް ގެނެސްދޭނެ އެއްޗެކެވެ.
ޓައިމްލެސް ރަފިއާ
ޒަމާނުން ބޭރުނުވާ، އަބަދުވެސް ބޭނުންކުރެވޭނެ ސްޓައިލެއް ބޭނުންނަމަ "ރަފިއާ" ދަބަސްތަކަކީ ހޫނު މޫސުމުގެ އެންމެ މުހިންމު ބަޔެކެވެ. މީގެ ގުދުރަތީ ކުލަޔާއި ބާވަތުގެ ސަބަބުން ކޮންމެ ހެދުމަކާ ވެސް ވަރަށް ފަސޭހައިން ގުޅުވާލެވެއެވެ.
ލޯގޯ ލަވާޒް
ބްރޭންޑްތަކަށް ލޯބިކުރާ މީހުންނަށް، މަޝްހޫރު ބްރޭންޑްތަކުގެ ލޯގޯ ޖަހާފައިވާ ކްރޮޝޭ ދަބަސްތަކަކީ އެންމެ މޮޅު ޗޮއިސްއެވެ. ކްރޮޝޭގެ ސާދާކަމާއެކު ޑިޒައިނާ ބްރޭންޑެއްގެ ލޯގޯ އެކުލެވުމުން، ހޫނު މޫސުމުގެ ހެދުންތަކަށް މުއްސަނދި އަދި ސްޓައިލިޝް ގޮތެއް ގެނެސްދެއެވެ.
.jpeg?w=3840&q=75)


%20(1).jpeg?w=3840&q=75)
