






.jpg?w=3840&q=75)
-
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އާއި މެލޭޝިއާގެ ހިއުމަން ރައިޓްސް ކޮމިޝަން (ސުހާކަމް) އާއެކު 'ޖޮއިންޓް ހައި ލެވެލް ޑައިލޮގް' އެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
އޭޝިއާ ޕެސިފިކް ފޯރަމް (އޭ.ޕީ.އެފް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތައް ބާއްވާފައިވަނީ 2026 ޖުލައި 27 އިން 29 އަށް މެލޭޝިއާގައެވެ.
މި ބައްދަލުވުންތަކުގައި ދެ ކޮމިޝަނުގެ ކޮމިޝަނަރުންނާއި ސެކްރެޓަރީ ޖެނެރަލުން ބައިވެރިވެވަޑައިގެންނެވިއިރު، މިއީ އޭ.ޕީ.އެފްގެ ލީޑަރޝިޕް ސަޕޯޓް ޕްރޮގްރާމްގެ ބައެކެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވީ އޭ.ޕީ.އެފްގެ އެގްޒެކެޓިވް ޑައިރެކްޓަރ ތުއި ޑުއާން-ސްމިތް އަދި އެކްސްޕާޓް ކޮންސަލްޓަންޓް ޕްރޮފެސަރ ދީޕިކާ އުޑަގަމާއެވެ.
މި ދަތުރުގައި ތެރެއިން، އެޗް.އާރް.ސީ.އެމްގެ ވަފުދުން ވަނީ ސުހާކަމްގެ މައި އޮފީހަށް ޒިޔާރަތްކުރައްވައި، އެ ކޮމިޝަނުގެ އިދާރީ އޮނިގަނޑާއި، ދާއިރާތަކުގެ މަސައްކަތްތަކާއި، އަދި އިދާރާ ހިންގުމުގެ އުޞޫލުތަކާ ބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މި ޒިޔާރަތުގެ ސަބަބުން ދެ މުއައްސަސާގެ ފާހަގަކޮށްލެވޭ ތަޖުރިބާތަކާއި މަސައްކަތުގެ އުސޫލުތައް ހިއްސާކުރުމަށް މުހިންމު ފުރުޞަތެއް ލިބިގެންދިޔައެވެ.
މި ޒިޔާރަތުގެ ތެރެއިން އެޗް.އާރް.ސީ.އެމް އާއި ސުހާކަމް އަދި އޭ.ޕީ.އެފް އާ ދެމެދު އޮންނަ ގުޅުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ފިލަޔާއި ހަދިޔާ ބަދަލުކުރެވުނެވެ. މި މަޝްރޫޢު ނިންމާލާފައިވަނީ ސަރަހައްދީ ފެންވަރުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ދެ ކޮމިޝަނާއި އޭ.ޕީ.އެފް އިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ އަޒުމް އާކުރަމުންނެވެ.






.jpg?w=3840&q=75)

