

.jpeg?w=3840&q=75)

.jpeg?w=3840&q=75)




2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޔޫކޭ ވިސާ ކްލިނިކްގެ ތެރެއިން:-
އިނގިރޭސިވިލާތަށް ދާން އެދޭ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން ވީއެފްއެސް ގްލޯބަލްއިން އިންތިޒާމުކުރާ "ޓެމްޕަރަރީ ވިސާ ކްލިނިކް" 2026 އޯގަސްޓް 10 އިން 12 ގެ ނިޔަލަށް މާލޭގެ މާގިރި ހޮޓަލުގައި ބޭއްވުމަށް ނިންމައިފި އެވެ.
މި ކްލިނިކް މެދުވެރިކޮށް ވިސާއަށް އެދެން ބޭނުންވާ ފަރާތްތަކުން، އިނގިރޭސި ސަރުކާރުގެ ރަސްމީ "GOV.UK Student Visa Portal" މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، އެޕޮއިންޓްމަންޓް ބުކްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ކްލިނިކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން +94114692605 ނަންބަރަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
މީގެ އިތުރުން ވީއެފްއެސްގެ ރަސްމީ ވެބްސައިޓްvisa.vfsglobal.com/mdv/en/gbrމެދުވެރިކޮށްވެސް ތަފްސީލު ހޯދޭނެއެވެ.
މި "ޓެމްޕަރަރީ ވިސާ ކްލިނިކް" އަކީ އިނގިރޭސިވިލާތަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ފުރާ ދިވެހި ދަރިވަރުންނަށާއި އާންމުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކްލިނިކުގެ ސަބަބުން ރާއްޖެއިން ބޭރަށް ދާންނުޖެހި، މާލޭގައި ތިބެގެން ބަޔޮމެޓްރިކްސް ދިނުމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފަސޭހަ މަގު ފަހިވެގެންދާނެއެވެ.


.jpeg?w=3840&q=75)

.jpeg?w=3840&q=75)


(1).jpeg?w=3840&q=75)
