

.jpeg?w=3840&q=75)

.jpeg?w=3840&q=75)




-
އިނގިރޭސިވިލާތުގެ ބަކިންގްހަމް ޕެލަސްގައި ޗާލްސް ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު، އެންޑީ ބާންހަމް އެ ޤައުމުގެ އައު ބޮޑުވަޒީރުކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.
މިއާއެކު އޭނާ ވެވަޑައިގެންފައިވަނީ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާ ހަތަރުވަނަ ބޭފުޅާއަށެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހަވަނަ ބޮޑުވަޒީރަށެވެ.
ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމާ ހުކުރު ދުވަހު ހަވާލުވެވަޑައިގެންނެވި ބާންހަމް ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ، ކުރީގެ ބޮޑުވަޒީރު ކީރ ސްޓާމާ ރަސްގެފާނުގެ އަރިހަށް ވަޑައިގެން އިސްތިއުފާ ހުޅެހެޅުއްވުމާއިއެކުގައި އެވެ.
ގްރޭޓަރ މަންޗެސްޓާގެ މޭޔަރުކަން ކުރިން ކުރެއްވި އަދި އެއް މަސް ކުރިން އަލުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ބާންހަމް ވަނީ، ބޮޑުވަޒީރުގެ ރަސްމީ އިދާރާ ކަމަށްވާ ޑައުނިންގސްޓްރީޓަށް ވަޑައިގެން މީޑިއާތަކާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ބާންހަމް އަލުން ޕާލަމެންޓަށް އިންތިޚާބުވެވަޑައިގަތީ، ސިޔާސީ ގޮތުން ހެދެމުންދިޔަ ގޯސްތަކާއި ނިންމުންތައް ބަދަލުކުރުމުގެ ސަބަބުން ސްޓާމާއަށް ލޭބާ ޕާޓީގެ މެންބަރުންނާއި ވަޒީރުންގެ އިތުބާރު ގެއްލުމާ ގުޅިގެން، ސްޓާމާގެ ބަދަލުގައި ބާންހަމް ގެނައުމަށް އޭނާގެ ސަޕޯޓަރުން އިންތިޒާމުކުރި ބައި-އިލެކްޝަނަކުންނެވެ.
ޕާޓީގެ ލީޑަރުކަމަށް އެހެން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ބާންހަމް ބޮޑުވަޒީރުކަމަށް އައްޔަންކުރެވުނީ އިންތިޚާބީ ބޮޑު ވާދަވެރިކަމަކާ ނުލައެވެ.
ބާންހަމް މީގެ ކުރިން ޕާލަމެންޓް މެންބަރުކަމާއި ކެބިނެޓް ވަޒީރުކަން ކުރެއްވި ނަމަވެސް، 2017 ވަނަ އަހަރު އޭނާ ވަނީ މަންޗެސްޓާގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވާފައެވެ.


.jpeg?w=3840&q=75)

.jpeg?w=3840&q=75)


(1).jpeg?w=3840&q=75)
