
އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ލީގަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓަށް ލީޑް މޮނިޓަރިންގ އޮފިސަރ އެއް ހޯދުމަށް އެ ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 17,050 ރުފިޔާ ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ 10,550 ރުފިޔާގެ އަސާސީ މުސާރައާއި، 3,000 ރުފިޔާގެ ލިވިންގ އެލަވަންސްގެ އިތުރުން 3,500 ރުފިޔާގެ ސާރވިސް އެލަވަންސެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާވެސް ލިބޭނެ ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ ބެޗެލަރސް ޑިގްރީއާއެކު 1 އަހަރުގެ ތަޖުރިބާ، ނުވަތަ ޑިޕްލޮމާއާއެކު 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް ފުރުޞަތު އޮތްކަމަށް އިޢުލާނުގައިވެއެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަންގެ މޮނިޓަރިންގ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން ހިމެނެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. އެޕްލިކޭޝަން ފޯމު އެޗްއާރުސީއެމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ އަށް ފޮނުވުމަށް އެ ކޮމިޝަނުން އެދެއެވެ.
މި މަޤާމަށް 10 ފަރާތަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ، ސްކްރީނިންގ ޓެސްޓަކަށްފަހު ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ތިއަރީ ޓެސްޓަކާއި އިންޓަވިއުއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވާންޖެހޭނެއެވެ.














.jpg?w=3840&q=75)

