
އެކްސިޑެންޓް ސީންގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ގާފު
މިއަދު މާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ 39 އަހަރުގެ މީހެއް ކަމަށާއި އޭނާ ނިޔާވީ ޓްރެއިލަރ ލޮރީ ދަށުވެގެން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު ކަމަށެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ 15:57 އެހައިކަންހާއިރު ކަމަށް ވެސް ބުނެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.








.jpg?w=3840&q=75)




.jpg?w=3840&q=75)
%20(1).jpg?w=3840&q=75)

