




.jpg?w=3840&q=75)
.jpeg?w=3840&q=75)

PNC
އަންނަ އަހަރު ވެގެންދާނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ފަހި އަހަރަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓު މަޖިލީހުން ފާސްކުރުމާ ގުޅިގެން މެންބަރުންނަށް ޝުކުރު އަދާކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، އަންނަ އަހަރަކީ ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ގެނެސްދޭނެ އަހަރެއް ކަމަށެވެ. އަދި އަންނަ އަހަރު ވެގެންދާނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ފަހި، ހަމަޖެހުމާއި ރައްކާތެރި އަހަރަކަށް ކަމަށެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ޖުމްލަ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ ހިންގުމުގެ ޚަރަދަށެވެ. މިއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެއް ކަމަށާއި، ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، މަޖިލީހުގެ ޖަލްސާގައި މިއަދު ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. މި ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވިއެވެ.



