



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



ފޮޓޯ: އެމްވީ ކްރައިސިސް
ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.އަދި އެއީ ފިރިހެނެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ 15:57 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައެވެ. އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.








.jpg?w=3840&q=75)