







އައްޑޫ ސިޓީގެ ހުޅުދޫގައި އަލަށް ހުޅުވި މިސްކިތް ހުޅުވުމުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރި އާ މިސްކިތް ހުޅުވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކޮށްފައިވާ މިސްކިތެއް ކަމަށެވެ.
"މަސްޖިދު ޒުލައިޙާ މުޙައްމަދު" ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މި ރަސްމިއްޔާތުގައި މުހައްމަދު ޞާލިޙު އާއި އެމަނިކުފާނުގެ އާއިލާ މީހުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަދައްކަވަމުން މިނިސްޓަރު ވަނީ މުހައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް މިސްކިތެއް ބިނާކުރުމުން އެކަން ފާހަގަކޮށްފަ އެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ 200 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ.







