
ބިދޭސީން ފާސްކުރުމުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
ގަވައިދާ ހިލާފަށް އެޅުމުންދިޔަ ބިދޭސީންތަކެއް ބަލައިފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނު ބުނީ މި މީހުން އިމިގްޜޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި ކަމަށެވެ.
މި އޮޕަރޭޝަންގައި 17 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ދަނީ މުވައްސަސާތަކާ ގުޅިގެން އެކި އޮޕްރޭޝަންތައް ހިނގަމުންނެވެ.
ބިދޭސީންގެ މައުލޫމާ އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.












