
-
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަންނަ މަހު އޮސްޓްރޭލިއާއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އައިލެންޑް އޭވިއޭޝަނުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ދަތުރުތައް އަންނަ މަހުގެ 17ގައި އޮސްޓްރޭލިއާއަށް ފެށުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް މޭ 17ގައި ދަތުރުކުރުމަށްފަހު އޮސްޓްރޭލިއާއިން އަނބުރާ ރާއްޖެއަށް މި ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މޭ 19ވަނަ ދުވަހު ކަމަށެވެ.
މި ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މެލްބާންއަށް ހަފުތާއަކު 1 ދަތުރެވެ. އަދި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައި އެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް މާރިޗު މަހުގެ 19ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު އޮސްޓްރޭލިއާއިން ރާއްޖެއަށް 6526 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %1.4 އިތުރު އަދަދެކެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)



