





%20(3).jpeg?w=3840&q=75)

.png?w=3840&q=75)
އިމިގްރޭޝަންގެ ހިދުމަތްތައް ފަސޭހަކަމާއެކު ދިނުމަށް ތައާރަފްކޮށްފައިވާ "އިމުގާ" ޕޯޓަލް
ދިވެހި ޕާސްޕޯޓާ ގުޅުންހުރި 3 ހިދުމަތެއް އިމިގްރޭޝަންގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އިމުގާ ޕޯޓަލްއަށް އަލަށް ތައާރަފްކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މި ހިދުމަތްތައް ރައްޔިތުންނަށް ފަށާފައިވާކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ތައާރަފްކޮށްފައިވަނީ ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ހުށައެޅުމާއި، ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅުން އަދި ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށެވެ.
އެގޮތުން މީގެކުރިން ޕާސްޕޯޓާ ހަވާލުވުމަށް އިހްތިޔާރްކޮށްފައިވާ ރަށް ނުވަތަ އޮފީސް ބަދަލުކުރަން ބޭނުންވާނަމަ، މިހާރު ސިޓީ ފޮނުވުމުގެ ބަދަލުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި ޕާސްޕޯޓް ކޮޕީއަށް އެދި ކުރިން އީމެއިލް ކުރަން ޖެހުނު ނަމަވެސް މިހާރު އިމުގާ ޕޯޓަލްގެ އެޕްލިކޭޝަން ބައިން އެކަމަށް އެދެވޭނެކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މީގެއިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށްވެސް ފަސޭހަކަމާއިއެކު މިހާރު އިމުގާ ޕޯޓަލްއިން އެދެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
"އިމުގާ" ޕޯޓަލް 2020 ވަނަ އަހަރުގައި ތައާރަފްކޮށްފައިވާއިރު، މިއީ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތައް ފަސޭހަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ތައާރްކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވިސާތަކަށްވެސް އެދި ހުށަހެޅޭނެ އެވެ.




