








-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ސައްބީސްވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ބަނާނާ ބްރެޑް ޑޯނަޓްސް އެވެ.
މޭޕްލް ގްލޭޒް ހެދުމަށް
އެންމެ ފުރަތަމަ އަވަން ޕްރީހީޓް ކޮށްލާށެވެ. އަދި ޑޯނަޓް ޕޭންއަށް ކުކިންގ ސްޕްރޭ ޖަހާފައި ތައްޔާރުކޮށްލާށެވެ. އެއަށްފަހު ތައްޓެއްގައި ފުށް، ބޭކިން ޕައުޑާ، ފޮނިތޮށި، ލޮނު އަދި ބޭކިން ސޮޑާ އެއްކޮށްލާށެވެ. ދެން އިތުުރު ތައްޓަކަށް ބިސް، ބްރައުން ޝުގަރ، ބަޓަރު އަދި ވެނީލާ އަޅާށެވެ. އަދި އެއަށް ދޮންކެޔޮ އަދި ސަވަރ ކްރީމް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން އެއްކުރި ހިކި އިންގްރިޑިއަންޓްސް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
ދެން ސަމުސަލަކުން ފުއްގަނޑު ޑޯނަޓް ޕޭންތަކަށް އަޅާށެވެ. އަދި 12 ނުވަތަ 14 މިނިޓް ވަންދެން ޑޯނަޓްސްތައް ފިހެލާށެވެ. ފިހެ ނިމުމުން 5 ވަރަކަށް މިނިޓް ވަންދެން ހިހޫކޮށްލާށެވެ.
އެއަށްފަހު މޭޕަލް ގްލޭޒް ހެދުމަށް ހަކުރު، ސިރަޕް އަދި ކިރު އެއްކޮށްލާށެވެ. ދެން ޑޯނަޓްތައް ގްލޭޒްއަށް ޑިޕްކޮށްލުމަށްފަހު މައްޗަށް ވޯލްނަޓް ބުރުވާލާށެވެ.
މިހާރު މިހިރީ މި ޑޯނަޓްތައް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ތަފާތު ރެސިޕީއެކެވެ.