








-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ އެކާވީސްވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޝުގަރ ކުކީ މިލްކްޝޭކް އެވެ.
އެންމެ ފުރަތަމަ ބްލެންޑަރެއްގައި އައިސްކްރީމް، 2 ޝުގަރ ކުކީސް އަދި ކިރު އެއްކޮށްލާށެވެ.އެއަށްފަހު މިލްކްޝޭކް ތައްޓަކަށް އަޅާފައި އޭގެ މައްޗަށް ވިޕްޑް ކްރީމް، ސްޕްރިންކަލްސް އަދި ބާކީ ހުރި ޝުގަރ ކުކީ އަޅާށެވެ.
މިހާރު މިހިރީ މި މިލްކްޝޭކް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ވަރަށް މަދު އެއްޗެހި ބޭނުންކޮށްގެން ހަދާލެވޭނެ ވަރަށް މީރު ބުއިމެކެވެ.